އުރީދޫއިން "އެކު" ޕޯސްޓްޕެއިޑް ޕްލޭން ތައާރަފްކޮށްފިއެވެ.
އުރީދޫއިން ބުނީ "އެކު" ޕޯސްޓްޕެއިޑް ޕްލޭންގެ ތެރެއިން ޑޭޓާ އެލަވަންސް އިތުރުވުމާއި، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.
މި ޕެކޭޖާއި ގުޅޭގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ، ދިޔާނާ އަފީފް ވިދާޅުވީ، މި ޕެކޭޖް އެކުލަވާލާފައި ވަނީ ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހުގައިކަމަށެވެ. "އެކު" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ޚިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ދިޔާނާ ވިދާޅުވިއެވެ.
"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭނާއި އެއަށްވުރެ މަތީގެ ޕްލޭންތައް އިޚްތިޔާރުކުރާ ކަސްޓަމަރުންނަށް، އިތުރު ފައިދާތައް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. އޭގެތެރޭގައި ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދޭ ލައިފް އިންޝުއަރެންސްއާއި ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަރޕޯޓްތަކުގައިވާ ލައުންޖްތަކުން ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރިއޯރިޓީ ޕާސް ލިބިގެންދާނެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕާޓްނަރުން ދޭ ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.