ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމަށް އަނެއްކާވެސް 6 ނަމެއް މަޖިލީހަށް


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ ހުސްވެފައިވާ ދެ މެންބަރުކަމަށް ދެބޭފުޅަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހު އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އިސްތިއުފާދެއްވުމާއި މިދިޔަ މަހުގެ 14 ވަނަ ދުވަހު އެކޮމިޝަންގެ ނާއިބު ރައީސް ފާޠިމަތު ޒައިނާ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށް އެމަޤާމުން އޭނާ ދުރުކޮށްފައިވާތީއެވެ.

ބްރޯޑްކޮމްގެ ރައީސް އިސްތިއުފާދެއްވުމުން ހުސްވި މެމްބަރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން 4 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުްވާފައެވެ.

ބްރޯޑްކޮމްގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ ނަންތައް

  • 1- މަރްޔަމް ވަހީދާ/ ގ.ހިލްމަން
  • 2- އާމިނަތު އަމީނާ/ ހަނދުވަރީގެ/ ލ.ކުނަހަންދޫ
  • 3- އިމްރާނާ ބިންތު ޢަބްދުﷲ/މ.ކަރޭޖް
  • 4- އައިޝަތު ދިޔާނާ ޠާހިރު/ ސެވަންސްޓަރ/ ސ.ހިތަދޫ

ކޮމިޝަންގެ ނާއިބު ރައީސް ޒައިނާ މަޤާމުން ވަކިކުރުމުން އެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ ނަންތައް

  • 1- އިމްރާނާ ބިންތު ޢަބްދުﷲ/މ.ކަރޭޖް
  • 2- ޙަސަން އިރުފާން/ މއ.ބޮޑުމަގުގެ
  • 3-ޑރ. އިބްރާހީމް ޝިޔާމް/ މކަފިޔާވިލް

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކޮށްފައިވަނީ 5 އޭޕްރީލް 2016 ގައެވެ.

މީގެއިތުރުން ބްރޯޑްކޮމްގެ ދެ މެންބަރުންކަމަށްވާ އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު މަޤާމުން އިސްތިއުފާދެއްވުމުން އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައްވެސް މަޖިލީހުގެ ކޮމިޓިން މިހާރު ގެންދަވަނީ ދިރާސާކުރައްވަމުންނެވެ.

އެބޭފުޅުންގެ ތެރޭގައި ހިމެނެނީ ޝިފްލާ އިބްރާހިމްއާއި މުޙައްމަދު ޙިލްމީއާއި އަޙްމަދު ގައިސްއާއި ޢަލީ ޔޫސުފާއި އާމިލާ އާދަމާއި އަޙްމަދު ފައިރޫޒާއި ޖައުފަރު ރަޝީދާއި ޢާއިޝަތު ދިޔާނާ ޠާހިރާއި ސައުދާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.