ދުނިޔެ

ގްރީސްގެ ބޭންކްތައް ބަންދުކޮށްފި


ގްރީސްގެ ހުރިހާ ބޭންކްތަކެއް މިއަދު ބަންދުކޮށް ބޭންކްތަކަށް ބޭނުންވާ ފައިސާ ދޫކުރުމަށް އެގައުމުގެ ސަރުކާރުން ހުރަސްތައް ކުރިމަތިކޮށްފިއެވެ.ނަމަވެސް ގްރީސްގެ ބޮޑުވަޒީރު އެލެކްޒިސް ސިޕްރާސް ވިދާޅުވީ މާދަމައިން ފެށިގެން ބޭންކްތައް އަލުން ހުޅުވާނެ ކަމަށާ އަދި ބޭންކްތަކަށް ބޭނުންވާ ފައިސާވެސް ގްރީސްގެ މަރުކަޒީ ބޭންކުން އަލުން ދޫކުރަން ފަށާނެކަމަށެވެ.ސަރުކާރުގެ މިފިޔަވަޅުގެ ސަބަބުން ބޭންކްތަކުގައިވާ ފައިސާގެ ޑިޕޮޒިޓްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާ އެތަކެތިވަނީ ރައްކާތެރިކަމާއެކުގައި ކަމަށްވެސް ސިޕްރާސް ވިދާޅުވިއެވެ.ގްރީސް އަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާ ގުޅިގެން އެގައުމުގެ ބޭންކްތަކަށްވަނީ ފައިސާގެ ލިކުއިޑިޓީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. މިމައްސަލަތަކާގުޅިގެން ގްރީސްގެ ބޭންކްތައް ހިނގާ މިންވަރު ވަނީ އެގައުމުގެ މަރުކަޒީ ބޭންކުން ކޮންމެ ދުވަހަކު ދޫކުރާ ފައިސާގެ މިންވަރެއްގެ މައްޗަށް ބިނާވެފައެވެ.ގްރީސް އަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު މާލީ މައްސަލަތަކުން ސަލާމަތް ވުމަށް މިހާރު ހިންގަމުން ގެންދާ ޚާއްސަ ޕްރޮގްރާމުގެ މުއްދަތު އިތުރު ކުރުމަށް އެގައުމުން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ވިލާތުގެ ޔޫރޯޒޯންގެ ގައުމުތަކުގެ މާލީ ވަޒީރުން ވަނީ ދެކޮޅު ހައްދަވާފާ. ނަތީޖާއެއްގެ ގޮތުން ޔުރޯ ޒޯނުގެ މެންބަރުކަމުން ގްރީސް ވަކިވެދާނެ ކަމަށްވަނީ ބެލެވެން ފަށާފައެވެ.