ޚަބަރު

ލ.ފޮނަދޫގެ މަގުތައް ހަދަނީ ފެން ހިންދާނެ ރަނގަޅު ނިޒާމަކާއިއެކު


ލ.ފޮނަދޫގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައިފިއެވެ. ލ.ފޮނަދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

ފުނަދޫގެ 12 މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްވަނީ ހަމަޖެހިފައެވެ. ފޮނަދޫގައި އެވްރެޖްކޮށް 3 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ހެދުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތާގުޅޭގޮތުން ފުނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުތަކަކީ ސަރުކާރުން ނަމެއްގައި ކުރާ މަސައްކަތެއްނޫންކަމަށެވެ.

ސިރާޖް ވިދާޅުވީ ފުނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނީ ރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށާއި، އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ހޮޅިތައް އެޅުމަށްފަހުކަމަށެވެ.
ފުނަދޫގައި ފެން ހިންދާ ނިޒާމު ހެދުމަށް ބޭނުންވާ ހޮޅިތައް މިހާރުވަނީ އެރަށަށް ފޮނުވާފައެވެ. ފުނަދޫއަކީ ބޯކޮށް ވާރޭ ވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވެ އެކަމުގެ ދަތިކަން އާއްމުންނަށް ވަރަށް ބޮޑަށް ކުރިމަތިވާ ރަށެކެވެ.

އެމްޓީސީސީމް ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތްތައް އަންނަ އަހަރު ކުރީކޮޅު ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.