ދުނިޔެ

ނޭޓޯއާއި ރަޝިޔާގެ ދެބަސްވުން، ދިގުމުއްދަތަކަށް ދިގުދެމިގެންދާނެ


ނޭޓޯއާއި ރަޝިޔާ
އާދެމެދުގައިވާ ދެބަސްވުންތަކަކީ ދިގުމުއްދަތަކަށް ދިގުދެމިގެންދާނެ
ފުން ދެބަސްވުންތަކެއް ކަމަށް
އެމެރިކާގެ ދިފާއީ ވަޒީރު
އެޝްޓަން ކާޓަރ ސިފަކުރައްވައިފިއެވެ.



ޔޫރަޕްގެ ބައެއް
ގައުމުތަކަށް ކުރައްވާ
ރަސްމީ ދަތުރުފުޅެއް ފައްޓަވަމުން
ކާޓަރ ވިދާޅުވީ ނޭޓޯއާއި
ރަޝިޔާ އާދެމެދުގައިވާ އަސްކަރީ
ދެބަސްވުންތައް ރަޝިޔާގެ މިހާރުގެ
ރައީސް ވްލަޑިމޭރު ޕޫޓިންގެ
ވެރިކަމުގެ ދައުރަށްވުރެވެސް ފަހަށްދާނެ ކަމަށް
ބެލެވޭ ކަމަށާ މިދެބަސްވުންތަކަކީ
ޕޫޓިންގެ ވެރިކަމާ ގުޅިފައިވާ
ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ
ކަމަށެވެ.



އެމެރިކާއާއި ރަޝިޔާގެ
ގުޅުންތަކާބެހޭގޮތުން ކާޓަރ ވިދާޅުވީ
މިގުޅުންތައް މިހާރު ގޯސްވެފައިވީނަމަވެސް
މީގައި އީޖާބީ ކަންތައްތަކެއްވެސް
އެބަހުރި ކަމަށެވެ. މިގޮތުން އީރާނުގެ
ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށް
ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވެމުންދާ
މަސައްކަތްތަކަށް ރަޝިޔާގެ ޑިޕްލޮމެޓިކް
އެހީތެރިކަން ލިބިގެންދާކަން އެޝްޓަން ކާޓަރ ފާހަގަ ކުރެއްވިއެވެ.



ރަޝިޔާގެ ރައީސް
ވްލަޑިމޭރު ޕޫޓިން ދާދިފަހުންވަނީ
އެމެރިކާއާއި ރަޝިޔާގެ ގުޅުންތައް
ގޯސްނަމަވެސް އެކަމުގެ ސަބަބުން
ނިއުކްލިޔަރ ހަތިޔާރުގެ
ނުރައްކަލެއް ދުނިޔެއަށްނެތް ކަމަށް ވިދާޅުވެފައެވެ.