ބ.އަތޮޅު ޔުނިޓީ ފުޓްސެލް ޗެލެންޖްގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބަލަމުން އަންނަ ފެއިމްސް ޔުނައިޓެޑުން ކާމިޔާބުކޮށް ރަގަޅުކޮށްފިއެވެ.
ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އަތޮޅުގެ ބައެއް ރަށްތަކަށާ އޭދަފުށީގެ ތިން ޓީމަކަށް ދައުވަތު ދީގެން ކުރިއަށްދާ މިމުބާރާތުގައި ފެއިމްސް މޮޅުވީ ވެސްޓިން މިރިއަންދޫ ރިސޯޓާއާއި ވާދަކޮށް 4-1 ނެވެ.
ގްރޫޕް އޭގެ ދެޓީމް ކުޅުނު މިމެޗްގައި ފެއިމްސް ޔުނައިޓެޑުން ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަސްރަފް އާއި ހާފިޒް އަޙްމަދުއެވެ.
ވެސްޓިންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާލް އިމާދުއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމް ޔުނައިޓެޑްގެ އަޙްމަދު އަސްރަފްއެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުން ދަރަވަންދޫ މޮޅުވީ ނޮޓިލަސް ރިސޯޓްއާ ވާދަކޮށް 4-0 ލަނޑުންނެވެ.
މި މެޗުގައި މޮޅަށް ދެޓީމް ކުޅުންނަމަވެސް ކިންގްސް ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ ހިފާފައެވެ.
މިމެޗުގައި ކިންގްސް ޔުނައިޓެޑުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެން ޝަރީފް (އޮންލީ)، އިސްމާލް މުނީޒް އަދި ހަސަން ސަފޫޙް ގެ އިތުރުން އައްޝަމް އަޙްމަދުއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑްގެ ހުސެން ޝަރީފް (އޮންލީ)އެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް މިމުބާރާތް ކުރިއަށްގެންދަނީ އޭދަފުށީ ކްލަބް ދަ ބިގިނާރސް އިންނެވެ. މިއީ މިމުބާރާތް ބާއްވާ 6 ވަނަ އަހަރެވެ.