ދުނިޔެ

ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބެއް ނުކުރެވޭނޭ


ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެކޮޅަށް ޕާލަމެންޓަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނޭކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ހުށަހެޅި މައްސަލައާ ބެހޭގޮތުން ސްރީލަންކާގެ ކެބިނެޓް މެމްބަރެއް ކަމަށްވާ ޖޯން އަމަރަތުންގާ ވިދާޅުވީ އެ މައްސަލާގައި ޤާނޫން ހަދާ މަޖްލީހުގައި ބަހުސް ކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ތިބީ ތައްޔާރަށް ކަމަށާއި، އިދިކޮޅު ފަރާތްތައް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އަހާނޭ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.މިމައްސަލަ ޤާނޫން ހަދާ މަޖްލީހުން ފާސްކޮށްފިނަމަ ބޮޑުވަޒީރު މަގާމުން ދުރުކުރަން ރިޔާސަތަށް ޖެހި ވަޑައިގަންނަވާނެއެވެ.ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމަށް ފާސްކުރަން، ޤާނޫން ހަދާ މަޖްލީހުގެ އިދިކޮޅު 112 މެމްބަރުން ސޮއިކުރައްވައި މައްސަލަ ހުށަހަޅާފައިވަނީ މިދިިޔަ ބުރާސްފަތި ދުވަހުއެވެ.