ރޭ ފަތިހުން ފެށިގެން ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރަމުންދާ ވިއްދާރައިގައި ގދ އަތޮޅުގެ ފަސްރަށެއްގައި ފެންބޮޑުވެ ބައެއް ގޭގެއިން މީހުން ބަދަލުކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.އެ ސެންޓަރުން މައުލޫމާތުދިން ގޮތުގައި ގދ ވާދޫގެ ތިން ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފައި ގެންގުލޭ ތަކެއްޗަށް ގެއްލުންވެ އެއްގޭގެ މީހުން މިހާރު ވަނީ އާއިލާ ގެ އެހެން ގެއަކަށް ބަދަލުވެފައެވެ. މީގެ އިތުރުން ލ ގަމާއި ފުވައްމުލަކަށްވެސް ވިއްސާރަވެ ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތުދެއެވެ.