ޚަބަރު

ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ކުމުންދޫ ގެއަކުން ހޯދައިފި


ހދ.ކުމުންދޫ ގެއަކުން ސިހުރު ހަދަން ބޭނުން ކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އެ ލިޔުންތައް ހޯދީ މިއަދު ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ގެއަކުންކަމަށެވެ. އަދި އެ ގެ ބަލާފާސްކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.