ޚަބަރު

ކުޑަހުވަދޫ 13 މަގެއްގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި


ދ ކުޑަހުވާދޫ 13 މަގެއްގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.މި މަސައްކަތް ފައްތަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާއި، އެމްޑީއޭގެ ލީޑަރ، މީދޫ ދާއިރާގެ މެމއބަރު އަހްމަދު ސިޔާމް މުހައްމަދުއެވެ.މޯލްޑިވްސް ރޯޑްކޯޕަރޭޝަން ޑިވެލޮޕްމަންޓް އެމްއާރްޑީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ކުޑަހުވަދޫގެ ތޭރަ މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.މިމަޝްރޫއުގައި 6.2 ކިލޯމީޓަރުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.މަޝްރޫއު ފެށުމަށް ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި، މި މަޝްރޫއު ސަރުފަވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވީ، ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމިއޮތްހާ ހިނދަކު ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފެށިގެންދާނެކަމަށެވެ. އެފަދަ މާހައުލެއް ނެތްނަމަ ރާއްޖޭގައި އިންވެސްޓްކުރާނެ ފަރާތެއް ނުވާނެކަމަށާއި، ތަރައްގީގެ މަޝްރޫއުތަށްވެސް ކުރިއަށް ނުދާނެކަމަށް. ސިޔާމް ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތަކަށް ބަޔަކު ހުރަސްއެޅުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެއްވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ، ނުގހައްމަދު މުއިއްޒު ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫއަކީ ތަރައްގީގެ އެންމެ މުހިއްމު ފިޔަވަޅުކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މިމަޝްރޫއުގައި 13 މަގެއްގައި ތާރު އެޅުމަކީ ފެށުމެއްކަމަށާއި، ކުރިއަށް އޮތްތާގައި އިތުރު ފިޔަވައްސެއްގައި ގިނަ މަގުތަކެއްގައި ތާރު އެޅިގެންދާނެކަމަށެވެ. އަދި މިފެށި މަޝްރޫއު 2 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫޑާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ވާހަކަފުޅުގައި ސަރުކާރުން ދ އަތޮޅަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީ ފާހަގަކުރައްވާ ސަރުކާރަށް ޝުކުރު ދެންނެވިއެވެ.އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މީ އެކުންފުނިން މިހާ ބޮޑު މަޝްރޫއެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރުކަމަށް. އެހެންކަމުން މީ އެކުންފުންޏަށް ލިބިގެންދިޔަ ކާމިޔާބީއެއްކަމަށެވެ.ރަށު ރައްޔިތުންވެސް ފާހަގަކުރި ގޮތުގައި އެރަށުގެ މުހިއްމު މުއައްސަސާތައް ހިމެނޭ ސަރަހައްދުގައި ތާރު އެޅިގެން ދިއުމުން ރައްޔިތުންނަށް ފަސޭހަ ވާނެކަމަށެވެ. އަދި  މީ އެރަށާއި އަތޮޅަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއަށް 76 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.