ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކުންފުނިތަކާއި ހަވާލްކުރުމުގެ ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފިއެވެ.ޝެއަރޑް ރެސްޕޮންސޮބިލިޓީ ނަމުގައި މިއަދު އިމިގްރޭޝަނުން ފެށި ޕްރްގަރާމްގައި ބައިވެރިވުމަށް ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގާ ހަތަރު ކުންފުންޏަކުން ސޮއިކޮށްފައިވެއެވެ.ޝެއަރޑް ރެސްޕޮންސިބިލިޓީގެ ނަމުގައި އިމިގްރޭޝަނުން މިއަދު ފެށި ޕްރޮގްރާމްގެ މައިގަޑު މަގްސަދަކީ ރާއްޖޭގެ ލޭބަރ މައިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމާއި ސައްހަ ލިޔެކިޔުމެއްނެތި ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ވަޒީފާ އަދާކުރުމަށް ރާއްޖޭގައި ވަކި މުއްދަތަކަށް ހުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުންކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި ޕްރްގްރާމްގެ ދަށުން އިމިގްރޭޝަނާއި އެކުގައި އެއްބަސް ވުމުގައި ސޮއިކުރެވޭ ފަރާތަކުގެ ޕްރޮޖެކްޓްތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދީ އެކުންފުނިތަކުގެ ކޯޓާތަކަށް ބަދަލްކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.މި ޕްރޮގްރާމް ފައްޓާވާދެއްވުމަށް ލެމަންގްރާސް ސިޓްރޮންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައިދް ވިދާޅުވީ މީ ރާއްޖޭގެ އިގްތިސާދް ފުޅާކޮށް ބިދޭސީން މަދުކޮށް ވަޒީފާތައް އުފެއްދުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި ޕްރްގާރާމްގެ ދަށުން ގަވއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޑޮކިއުމެންޓްތައް ހަމަކޮށް ކުންފުނިތަކާއި ހަވާލްކުރެވޭނެކަމަށާއި މީ ވަޒީފާގެ ބާޒާރު އިތުރުކުރުމަށް ފެށިގެން ދިޔަ ޕްރޮގްރާމެއްކަމަށްވެސް ސައީދް ފާގަކުރެއްވިއެވެ.އިމިގްރޭޝަނުން މިއަދު އަލަށް ފެށި ޕޮރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ހަތްރު ކުންފުންޏަކުން މިއަދު ސޮއިކޮށްފައިވެއެވެ. މިގޮތުން މިއަދު ސޮއިކުރި ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަންއާއި އެންސިސް ފިޝަރީޒް އާއި ހޮޓަލްސް އެންޑް ރިސޯރޓް ކޮންސްޓަރަކްޝަންގެ އިތުރުން ޗައިނާ މެޝިނަރީ ކޮންސްޓްރަކްޝަންއެވެ.މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މި ކުންފުނިތަކުގެ ވެރިން ވިދާޅުވީ މަސައްކަތު މީހުންގެ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މި ގޮތުން އެފަރާތަކާއި ސަރުކާރުން ބައްދަލްކޮށް ހުށައެޅި ހިޔާލްތަކާއި އެއްގޮތަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި އެކަމުން ކުނފުނިތަކަށް ފައިދާވެސް ފެންނަމުންދާކަމަށެވެ.ޝެއަރޑް ރެސްޕޮންސޮބިލިޓީ ޕްރްގްރާމް ފެއްޓެވުމަށް ފަހު ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ އޮފް އިމްގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ކުންފުންޏަކަށް މި ޕްރްގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އެހެން ނަމަވެސް ފުރުސަތު ދިނުމުގައި އެކުންފުނީގެ މަސައްކަތްތަކާއި ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކަން ހިތާފައިވާ މިންވަރަށް ބައްލަވާނެކަމަށެވެ.ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ދެހާސް އަށްޑިހަ ދެ މީހަކު އަންބުރާ ރަށަށް ފޮނުވާލާފައިވެއެވެ. މިގޮތުން ޖިނާއީ އެކި މައްސަލަތަކުގައި ހިމެނޭ ސަތޭކަ އެއް މީހަކު ޑީޕޯރޓްކޮށްފައިވާއިރު އަމިއްލައަށް ދާން އެދިގެން އެއްހާސް ހަތަރު ސަތޭކަ އެއްމީހަކު އެންބުރި ގައުމަށް ގޮސްފައިވެއެވެ. އަދި ހާލުގައި ޖެހިގެން އެއްވެސް އަދަބެއް ދިނުމެއްނެތި ނުވަދިހަ ހަތްމީހުންނާއި ސީއްހީ ގޮތުން ވަޒީފާ އަދާކުރުމަށް ތަންނުދޭތީ ފަންސާސް ހަމީހަކުވެސް ރާއްޖެއިން ފޮނުވާލާފައިވެއެވެ.