ޚަބަރު

ޓީވީއެމްގެ ގެ ކުރީގެ އެނައުންސަރ ފާތިމަތު ރިޒާ ނިޔާވެއްޖެ


ޓީވީއެމްގެ ގެ ކުރީގެ އެނައުންސަރ ފާތިމަތު ރިޒާ ނިޔާވެއްޖެއެވެ.ޓިވީއެމްގެ ހިދްމަތް ފެށިގެން އައި ދުވަސްވަރު ޓީވީއެމްގެ ހަބަރުތަކާއި ޕްރޮގަރާމްތައް ހުށައަޅާދީފައިވާ ފާތިމަތު ރިޒާ ނިޔާވީ ކެންސަރުގެ ބަޔަށް އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.ފާތިމަތު ރިޒާގެ އާއިލާއިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ފާތިމަތު ރިޒާ ކެންސަރުގެ ބައްޔަށް މީގެ ދިހަވަރަކަށް އަހަރުން ކުރިން ފަރުވާ ހޯއްދެއްވިކަމަށެވެ. އަދި އެ ފަރުވާއަށް ފަހު އެކަމުން ރަގަޅުވެފައި ހުރުމަށްފަހު މިދިޔަ އަހަރު އަނެއްކާވެސް ކެންސަރުގެ އަލާމާތައް ފެނި މީގެ މަހެއްހާ ދުވަސްކުރިން ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާދޭން ފަށާފައިވާކަމަށެވެ.ފާތިމަތު ރިޒާ ޓިވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދްމަތް ކުރައްވާފައިވާއިރު އެ ދުވަސްވަރު މާލޭގައި ހުރި ޕީއެލްއޯގެ އޮފީހުގައިވެސް  މަސައްކަތް  ކުރައްވާފައިވެއެވެ.ދެ ކައިވެންޏެއް ބައްލަވައިގެންފައިވާ ފަތިމަތު ރިޒާއަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.