ޚަބަރު

ޓްރާންސްޕޯރޓް އޮތޯރިޓީގެ ޚިދުމަތް ލާމަރުކަޒީ ކުރުމުގެ ސިޔާސަތު


ލާމަރުކަޒީ އުސޫލުން ޓްރާންސްޕޯރޓް އޮތޯރިޓީގެ ޚިދުމަތް ހަވާލުކުރުމުގެ ސިޔާސަތު ކަނޑައަޅާ އެ ސިޔާސަތު ޓްރާންސްޕޯރޓް އޮތޯރިޓީން އާއްމުކޮށްފިއެވެ.މި ސިޔާސަތުގައިޥާ ގޮތުން ޓްރާންސްޕޯރޓް އޮތޯރިޓީގެ ޚިދުމަތްތައް ތަޢާރަފްކުރުމުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ތެރެއިން ޚިދުމަތް މިހާރު ނުދެވޭ ކައުންސިލްތަކަށް އިސްކަންދީގެން އެކަށީގެންވާ  މިންވަރަށް ޚިދުމަތް ފޯރުކޮށްދޭނެ ވަސީލަތްތައް ގައިމުވުމުން ރަށު ކައުންސިލްތަކަށް މި ޚިދުމަތް ތައާރަފްކުރެވޭނެއެވެ. އަދި ކައުންސިލްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ ހެދުމަށް މުވައްޒަފުންނަށް ތަމްރީންދިނުމާއި  ރަށުފެންވަރުގައި ކަނޑުއުޅަނދުގެ  ލައިސަންސްގެ ޕްރެކްޓިކަލް ޓެސްޓް ދިނުމާއި، އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުގެ އޭ ޒޯން ލައިސަންސް ދިނުމަށް ބޭނުންވާ ތިއަރީ ޓެސްޓް ދިނުން ހިމެނެއެވެ.މީގެ އިތުރުން ކަނޑުގައި  ދުއްވާ އުޅަނދުފަހަރު ސަރވޭކޮށް ސަލާމަތީ ސެޓްފިކެޓް ދޫކުރުމާއި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލްތަކުން ބަލައިގަތުންވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ.