ބ.ކަމަދޫ ދަނޑުވެރިންނާއި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއާ ހިއްސާކުރްވައިފިއެވެ.
ކަމަދޫ މަސްވެރިންނާއި ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިނިސްޓަރ ޒަހާއާ ކަމަދޫގެ ކައުންސިލްގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި ކަމަދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާޖިދު އެރަށުގެ ރުއްތަކަށް ކުދި މަޑީގެ އުނދަގުލުގެ ސަބަބުން ދިމާވާ ގެއްލުންތަކާ ގުޅޭ މައުލޫމާތު މިނިސްޓަރއާ ހިއްސާކުރެއްވިކަމަށެވެ. މީގެއިތުރުން މި ބައްދަލުވުމުގައި ކަމަދޫގެ ދަނޑުތަކަށް ކަރަންޓް ނުލިބޭތީ އެކަމުގެ ކަނބޮޑުވުންވެސް ކައުންސިލްގެ ރައީސް ވަނީ މިނިސްޓަރއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަނީ ކަމަދޫ ކައުންސިލްގެ ހުރި ޝަކުވާތައް އަޑުއައްސަވައި އެކަންކަން ހައްލުކުރެއްވުމަށް ކޮށްދެވެންހުރި މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މީގެއިތުރުންވެސް އެރަށުގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަންނަނީ އިޅުންފިލުއްވަމުންނެވެ.