ޚަބަރު

ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީ ސެޓްފިކެޓް ހުރިހާ ރަށަކުން


މި އަހަރުގެ ތެރޭގައި ކަނޑުދަތުރުފަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓް މީހުންދިރިއުޅޭ ކޮންމެ ރަށަކުން ހެއްދޭނެގޮތް ހަމަޖެހިގެންދާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މިޚިދުމަތް ދިނުމަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށެވެ. މިގޮތުން މީހުން ތަމްރީނުކުރުމުގެ %80 މަސައްކަތް މިހާތަނަށްއައިއިރު ނިމިފައިވާކަމަށާ އަންނަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިޚިދުމަތް ދެވޭވަރަށް މީހުން ތަމްރީނުކޮށް ނިމޭނެކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ދެން ދޫކުރެވޭނީ އެކަމަށް ތަންރީނުވެފައިވާ ފަރާތަކަށް ކަމަށް ކަނޑައަޅާ ޓްރާންސްޕޯޓް އޮތޯރިޓީން ކަމާގުޅޭ ޤަވާއިދަށް ގެނައި ބަދަލާގުޅިގެން މީހާރު މިޚިދުމަތް ދޫކުރެވޭނީ ހަމައެކަނި މިކަމަށް މީހުން ތަމްރީނު ކުރެވިފައިވާ ރަށްރަށުން އެކަނިކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.