ވިޔަފާރި

ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ލައިސަންސަށް ހުޅުވާލައިފި


ރާއްޖޭގެ އިގްތިސާދީ ސަރަޙައްދުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާއަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބޮޑު ކަންނެލީގެ މަސައްވެރިކަންކުރުމަށް ޝައުގުވެރިވާ ދިވެހިންނާއި ދިވެހި ކުންފުނިތަކަށްކަމަށެވެ. އަދި ރާއްޖޭގެ އާޕިލެޖިކް ބޭސް ލައިނުން ފެށިގެން ސަތޭކަ މޭލު ފާހަގަކޮށް އެ އިމުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން  ޓޫނާ ކޮމިޝަންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސައްވެރިކަންކުރުމަށް ކޯޓާ ދޫކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ.ފިޝަރީޒް މިނިސްޓްރީންވަނީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަަތު މި މަހުގެ ސައުވީސްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.ފިޝަރީޒް މިިނިސްޓްރީން ބުނީ އަންނަ ޖޫން މަހުގެ އެކަކުން ފެށިގެން އަންނަ އަހަރުގެ މެއި އެއްތިރީހުގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވަނީ ބާރަހާސް ފައްސަތޭކަ މެޓްރިކް ޓަނުގެ ކޯޓާކަމަށެވެ. އަދި މިއައަށްވުރެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާނަމަ ކޯޓާ ދޫކުރާނީ ނީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށްކަމަށް އެމިނިސްޓްރީން ބުނެއެވެ.