ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުﷲ ފޮރުވުމުގައި އެހީތެރިވި ދެމީހަކު ޙައްޔަރުކޯށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙާމީދު ވިދާޅުވެއްޖެއެވެ. ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އިދާރާތަކަށް ޝައިމް ފޮރުވައިގެން ގެންގުޅުމާއި އޭނާ ފޮރުވުމުގައި އެހީތެރިވެދިން ކަމަށް ތުހުމަތުވާ ދެ މީހަކު ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނާއި ބެހޭ ތަފްސީލެއް ޙަމީދު ނުދެއްވައެވެ.
ހަމީދު ވިދާޅުވީ، ކުށްގެ ވެށްޓަަށް ވަންނަ ކުދިން އަނބުރާ މުޖުތަމަޢުޢަށް ގެނެވޭނީ ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށާއި އެއީ ހަމައެކަނި ތަޙުޤީޤީ އިދާރާތަކުގެ ޒިންމާއެއް ނޫންކަމަށެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދަނިކޮށް ޢުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ފެނިފައިވަނީ މާލެ ގެއެއްގެ ތެރެއިންނެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެ ޝައިމް ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރީ އޭގެ ދެ ދެ ދުވަސްފަހުންނެވެ. ޝައިމް ހޯދުމަށް ކޯޓު އަމުރެއްގެ ދަަށުން ފުލުހުން ތިން ގެއެއް ބަލާ ފާސްކޮށްފައިވެއެވެ. ގެއްލިގެން ހޯދަަމުންދާތާ ދެ ހަފްތާފަހުން ޝައިމް ފެނުނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
ޝައިމް ގެއްލުނު މައްސަލާގައި ޖެންޑަަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވީ އެ ކުއްޖާ ގެއްލުނީ ބަލަންޖެޖޭ މިންވަރަށް ބެލިފައި ނެތުމުންކަމަށެވެ. މި ކުއްޖާ ގެއްލުނު މައްސަލަ ހިގާދިޔަ ގޮތް ބެލުމަށް މިނިސްޓަރ ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށްވެސް ވަނީ ޙާޒިރުކޮށްފައިވެއެވެ. ކޮމިޓީން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.