ސިޔާސީ

އޭސީސީގެ ރައީސްއަކަށް މުޢައްވިޒް އިންތިޚާބުކޮށްފި


އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސްކަމަށް އެކޮމިޝަންގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު އިންތިޚާބުކޮށްފިއެވެ. އޭނާ އެ މަޤާމަށް އިންތިޚާބުކޮށްފަިއވަނީ އެކޮމިޝަންގައި މިވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިހާތަނަށް މުއައްވިޒު ހުންނެވި ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ. އޭސީސީގެ ރައީސްކަމުގެ މަޤާމަށް މުއައްވިޒު އައްޔަންކޮށްފައި މިވަނީ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ޙަސަން ލުތުފީ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

މަސައްކލަތައް ނުނިކުންނަވާ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ލުތުފީ ވަނީ ބަރާބަރަށް މުސާރަ ނަންގަވާފައެވެ. އަދި މަޤާމުން އިސްތުއުދާފެއްވީ އޮފީހަށް ހާޒިވެވަޑައިނުގަންނަވާ މުސާރަ ނަންގަވަމުން ދިޔަ މައްސަލާއި ކޮމިޝަންގެ ރައީސްކަމުން ލުތުފީ ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ނިންމުމުންނެވެ.

އޭސީސީގެ ރައީސް ޙަސަން ލުޠުފީއާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިންގއަށް ތުހުމަތުކުރެވޭ ގޮތަށް މާލީ މުޢާމަލާތްތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. މިގޮތުން ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައި ރައީސް ޔާމީނާއި އެކު އެކްސްކްރޯ އެކުންޓެއް ހެދި މައްސަލަވެސް ފުލުހުން ވަނީ ބަލާފައެވެ.