ޚަބަރު

ސަން ސިޔާމް ގުރޫޕުން ކުޑަކުދިންގެ ހިޔާގައި ގޭމް ސެންޓަރ ހުޅުވުން


ސަން ސިޔާމް ގުރޫޕުން ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ހަދާފައިވާ ގޭމް ސެންޓަރ ހުޅުވައިފިއެވެ.ސަން ޓްރެވަލް އެންޑް ޓްއާރސްއަށް 25 އަހަރު ފުރުމާއި ގުޅުވައިގެން ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރި ގޭމް ސެންޓަރ ހުޅުވައިދެއްވީ އޮޅުވެލި ރިސޯޓްގެ ޖެނެރަލް މެނޭޖަރ މޫސާ ރަޝީދުއެވެ.ޒަމާނީ ވަސީލަތްތަކާއެކު ކުޑަކުދިންގެ ހިޔާގައި ހުޅުވި ގޭމް ސެންޓަރަކީ އެތަނުގައި ތިބޭ ކުދިންނަށް ލިބިގެންދިޔަ އުފަލެއްކަމަށާއި، ކިޔެވުމުގެ އިތުރުން އެ ކުދިންގެ ސިކުނޑި ޒަމާނާއެއްގޮތައް ހޭލައްވާލަން ލިބުނު ފުރުސަތެއް ކަމަށް ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވިއެވެ.ސަން ގްރޫޕްގެ ފަރާތުން ވާހަކަ ދައްކަވަމުން މޫސާ ރަޝީދު ވިދާޅުވީ ސަން ގުރޫޕްގެ ފަންސަވީސްވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ހިޔާގައި ހުޅުވި ގޭމް ސެންޓަރުގެ އިތުރުން  ބްލަޑް ކޭންޕެއް ބޭވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.ކުޑަކުދިންގެ ހިޔާގައި މިހާރުވެސް 90 އަށް ވުރެއް ގިނަ ކުދިން ތިބެއެވެ. މީގެ ތެރެއިން ގިނައީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ.