މިނިވަން ފަންސާސް ފާހަގަ ކުރުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގައި ތަފާތު ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.ހާއްސަކޮށް މާލެ އާއި އަތޮޅުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.އެ ގޮތުން މާލޭގެ މަގުތަކުގައި ދިވެހި ދިދައިގެ ކުލަތައް އެކުލެވޭ ގޮތައް ދިދަފަތި ދެމުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިނިވަން ފަންސާހާއި ގުޅުވައިގެން މާލޭގެ މަގުތަކުގައި ދަމަމުންދާ ދިދަފަތިތަކާއި ގުޅޭ ގޮތުން ޓީވީއެމްއާއި ވާހަކަ ދައްކަވަމުން ހޯމިނިސްޓްރީގެ މީޑިޔަރ ކޯޑިނޭޓަރ ތަޒްމީލް އަބުދުއް ސަމަދު ވިދާޅުވީ މިނިވަން ފަންސާހުގެ އޮފީހުގެ އެދުމުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތަކުންގެންދަނީ މާލޭގެ އެކި މަގުތަކައި ދިދަފަތިދަމާ ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ދިދަފަތި ދެމުމަށްޓަކައި ހުޅުވާލާނެކަމަށް ތަޒްމީލް ވިދާޅުވިއެވެ.ދިދަފަތީގެ އިތުރުން މިނިވަން ފަންސާހާގުޅުވައިގެން މުޅިރާއްޖެ ދިއްލުމަޓަކައި ތަފާތު ވެރައިޓީތަކުގެ ބޮކިތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިވަން ފަންސާހުގެ އޮފީހުން މައުލޫމާތުދެއެވެ.ރާއްޖޭގެ މިނިވަންކަމަށް ފަންސްއަހަރު ގުޅުވައިގެން މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އިމާރާތާއި އެނޫންވެސް ތަންތައް ޒީނަތްރި ކުރުމުގެ އިތުރުން މިނިވަން ފަންސާހާއި ގުޅުވައިގެން އަތޮޅުތަކާއި މާލޭގައި ވަނީ ތަފާތު ހަރަކާތްތަކެއް ހިންގާފައެވެ.