ސިއްހަތު

ގާފަރު ސިއްހީ މަރުކަޒުގައި އަލަށް ހެދި ވޯޑު ހަވާލުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫދާރާގެ މެމްބަރު ފައިސަލް ނަސީމްގެ، ފައިސަލް
ފައުންޑޭޝަންގެ ފަރާތުން ކ.ގާފަރު ސިއްހީ މަރުކަޒުގައި އަލަށް ޢިމާރާތްކުރި ވޯޑު ހުޅުވައި އެވޯޑު
ސިއްހީ މަރުކަޒާއި ހަވާލު ކޮށްފިއެވެ.



ގާފަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒަށް
އިތުރު ކުރެވުނުބައި ހުޅުއްވައި ދެއްވާ އެތަން ސިއްހީ މަރުކަޒާއި ހަވާލުކޮއްދެއްވީ
މެމްބަރު ފައިސަލް ނަސީމްއެވެ.



މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ގާފަރުގައި
ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރެވިގެން ދިއުމުގެ އެންމެ
ބޮޑު ސަބަބަކީ ތަރައްޤީގެ މަސައްކަތުގައި ރަށުގެ ރައްޔިތުން ދައްކާ އެއްބައި
ވަންތަ ކަން ކަމަށެވެ. އެގޮތުން ސިޔާސީ ހަލަބޮލިކަމަކަށް އަދި ސިޔާސީ ފިކުރަކަށް ނުބަލައި
ރައްޔިތުން ރަށުގެ ތަރައްޤީގައި އެއްބައި ވަންތަކަން މަތީ ތިބުމަށް ފައިސަލް
އެދިވަޑައިގެންނެވިއެވެ.



ފައިސަލް
ފައުންޑޭޝަނަކީ ކާށިދޫ ދާއިރާގައި ހިމެނޭ ރައްރަށުގެ އިތުރުން ރާއްޖޭގެ އެކި
ކަންކޮޅު ތަކުގައި އިޖްތިމާއީ މުހިންމު ޚިދުމަތްތަކެއް ދެމުން އަންނަ
ފައުންޑޭޝަނެކެވެ. އެގޮތުން އެފައުންޑޭޝަންގެ ފަރާތުން
ގާފަރުގައި ޤުރުއާން ކުލާސްތަކެއް ވެސް ވަނީ ފަށާފައެވެ.