ޚަބަރު

"އަހަން" ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްފި


ކުޑަކުދިންގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން ޖެނޑަރ މނިސްޓްރީއާއި ޔުނިސެފް ގުޅިގެން ފަށާ "އަހަން" ކެމްޕެއިން ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިފްތިތާހްކޮށްދެއްވައިފިއެވެ.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި ޔުނިސެފް ގުޅިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭން ފައްޓަވައި ދެއްވީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ."އަހަން" ކެމްޕެއިން އިފްތިތާހް ކުރުމުގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ރައީސުލް ޖުމުހޫރިއްޔާގެ އަންބިކަނބަލުން ކުރައްވަމުންގެންދަވާ މަސައްކަތްޕޫލު ފާހަގަކުރުމުގެ ގޮތުން "އޮނަރަރީ އެޑްވޮކޭޓް ފޯރ ޗައިލްޑް ރައިޓްސް "ގެ ނަމުގައި އެކަމަނާއަށްޚާއްސަ ޝަރަފެއްވެސް ވަނީ އަރުވާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޓާނީޖެނަރަލް އަލްއުސްތާޒް މުހައްމަދު އަނިލް ވިދާޅުވީ، އަހަން ކެމްޕޭނަކީ ކުޑަކުދިންނަކީ ގައުމުގެ އެންމެ މުހިންމު ރައުސުލްމާލު ކަމަށްވާއިރު ގައުމަށް އަންނަ ތަރައްގީ ދެމެހެއްޓޭނީ މއަދުގެކުދިން އުފާވެރިކަމާއެކު ހެދިބޮޑުވެގެންކަމުން އަހަން ކެމްޕެއިން އަކީ  އެކަންތައް ފުރިހަމަ ކުރުމަށް އެޅީގެންދާނެ މުހިންމު ފިޔަވަޅަކަށް ވާނެކަމުގައެވެ.މިރަސްމިއްޔާތުގައި ލޯއެންޑް ޖެނޑަރ މނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ހާލާ ހަމީދު ވިދާޅުވީ، އަހަން ކެމްޕެއިނަކީ ކުޑަކުދިންގެ އިލްތިމާސެއްކަމުގައި ދެނެގަނެ ހުރިހާ ފަރާތްތަކުންވެސް އެފަރާތްތަކުގެ ރަސްމީ އަދި ފަރުދީ ޒިންމާއެއްގެ ގޮތުގައި މިކެމްޕެއިން ދެނެގަތުމަށް އިލްތިމާސްކުރާކަމަށެވެ."އަހަން" ގެ ނަމުގައި މިއަދު ފެށި ކެމްޕޭނުގެ ދަށުން ގައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން ސޯޝަލް މީޑިޔާ މެދުވެރިކޮށް ހިންގޭ ގިނަ ހަރަކާތްތަކާއި ރަށްރަށުގައި ހިންގާ ހަރަކާތްތަކުގެ އިތުރުން މީޑިޔާ މެދުވެރިކޮށް އާއްމުން ހޭލުންތެރި ކުރުވަން ހިންގާ ހަރަކާތްތަކެއްވެސް ހިމެނެއެވެ.މިއަދުގެ ރަސްމިއްޔާތުގައި  "އަހަން" ކެމްޕެއިންގައި ބޭނުންކުރާ ބައެއް އެޑްތައް ދައްކާލާފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކާއި ގުޅޭ ގޮތުން މި ރަސްމިއްޔާތުގައި ދެއްކި ރިޕޯޓުގައި، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކުޑަކުދިނަށް ކުރާ އަނިޔާގެ މައްސަލަ ހުށައެޅޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އަޅާލާނެ އެހެން ފަރާތެއް ނެތް ކުދިންނަށް ގާނޫނީ ބެލެނިވެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން މިހާތަނަށް 11 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބައެއް ފަރާތްތަކާއި ހަވާލުކޮށްފައިވާއިރު، މިކަން ހަރުދަނާ ކުރުމުގެ ގޮތުން ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މނިސްޓްރީން މައުލޫމާތުދެއެވެ.