ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހަތަރުވަނަ ސީޑުގައި ހިމެނިއްޖެ އެވެ.
2002 ވަނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތަށް އޭޝިޔާގެ ޓީމުތައް ސީޑުކުރީ ދުނިޔޭގެ ރޭންކިން އާއި މީގެ ކުރިން ގައުމުތަކުން ނެރެފައިވާ ނަތީޖާއަށް ބަލައިގެންނެވެ.
ވޯލްޑް ކަޕް ކޮލިފައިން ކުރިއަށް ގެންދާނީ އޭޝިއަން ކަޕް ކޮލިފައިން ވެސް ހިމެނޭ ގޮތަށެވެ. މި ގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރަށްދާ 12 ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. ދެ ވަނަ ބުރަށްދާނީ ކޮންމެ ގްރޫޕެއްގެ ޗެމްޕިއަން ޓީމާއި ދެ ވަނަ އަށަދާ 8 ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމެވެ. އޭޝިއަން ކަޕުގެ ޕްލޭއޯފް ކުޅޭނީ ތިން ވަނައަށްދާ ޓީމުތަކާއި ދެ ވަނަ އަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ބަލި ހަތަރު ޓީމެވެ.
އޭޝިޔާގެ ޓީމުތައް ޖުމުލަ ފަސް ސީޑަކަށް ބަހާލިއިރު ރާއްޖެއާއެކު ހަތަރު ވަނަ ސީޑުގައި ހިމެނެނީ މެލޭޝިޔާ އާއި ކުވޭތާއި އަފްގާނިސްތާނާއި ޔަމަނާއި މިޔަންމާ އާއި ހޮންކޮން އަދި ތުރުކުމެނިސްތާނެވެ.
އެއްވަނަ ސީޑުގައި ހިމެނެނީ ޗައިނާ އާއި ސައުދީ އަރަބިއާ އާއި ދެކުނު ކޮރެޔާ އާއި ޖަޕާނާއި އޮސްޓްރޭލިޔާ އާއި އިރާނާއި ގަތަރާއި ޔޫއޭއީ އެވެ.
ދެ ވަނަ އަށް ސީޑްކޮށްފައިވަނީ އިރާގާއި ވިއެޓްނާމާއި ޖޯޑަން އާއި އުޒުބަކިސްތާނާއި ސީރިއާ އާއި އޮމާން އަދި ލުބުނާނެވެ.
ތިން ވަނަ ސީޑުގައި ހިމެނެނީ ބަހުރޭނާއި ތައިލެންޑާއި ތަޖިކިސްތާނާއި އުތުރު ކޮރެޔާ އާއި ޗައިނީސް ޓައިޕޭ އާއި ފިލިޕީންސް އަދި ތުރުކުމެނިސްތާނާއި މިޔަންމާ އެވެ.
ފަސް ވަނަ ސީޑުގައި ނޭޕާލާއި ބަނގްލަދޭޝްގެ އިތުރުން ކެމްބޯޑިއާއި އާއި މޮންގޯލިއާ އަދި ގުއާމާއި އިންޑޮނީޝިޔާ އާއި ސިންގަޕޫރެވެ.