ކުޅިވަރު

މިދިޔަ ސީޒަންގައި ކުޅެވުނީ އުންމީދު ކުރިވަރަށް ވުރެން ދައްކޮށް - ކުޓީނިއޯ


ނިމިދިޔަ ފުޓްބޯޅަ ސީޒަނުގައި ކުޅެވިފައި ވަނީ އުއްމީދުކުރިވަރަށްވުރެ ދަށްކޮށް ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ބުނެފިއެވެ.

ކުޓީނިއޯ މިހެން ބުނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލާއެކު ފަރިތަކުރަމުންދަނިކޮށް ނޫސްވެރިން އޭނާގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

ސްޕޭނުގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ތާރީހުގައި އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔާ ވިއްކާލަން މިހާރު އެކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މިކަމާމެދު ކުޓީނިއޯ ވަކި އެއްޗެއް ނުބުނޭ. އޭނާ ވިއްކާލަން ބާސެލޯނާ އަށް އުނދަގޫވަނީ އެކުލަބުން ބޭނުންވާ ވަރުގެ އަގެއްދޭނެ ކުލަބެއް ނެތުން. ކުލަބުގައި ދަށްކޮށް ކުޅުނު ނަމަވެސް ބްރެޒިލްގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޑިފެންޑަރު ތިއާގޯ ސިލްވާ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ބްރެޒިލް ޓީމުން އެންމެ މޮޅަށް ކުޅުނީ ކުޓީނިއޯ ކަމަށާއި ކޮޕާ އެމެރިކާ މުބާރާތަށް ކުޓީނިއޯ އާމެދު ބޮޑު އުއްމީދުތަކެއް ބްރެޒިލް ޓީމުން ކުރާކަމަށެވެ.