ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ޑިފެންސް ކުރެވޭނީ މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ހޯދައިގެންކަމަށް ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑޯ ކޯމަން ބުނެފިއެވެ.
މިރޭ ކުޅޭ ނޭޝަންސް ލީގުގެ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ކޯމަން ބުނީ މި މެޗުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށެވެ. އޭނާ މިހެން ބުނެފައިވާއިރު މިއީ ރޮނާލްޑޯ އާއި ނެދަލޭންޑްސްގެ ކެޕްޓަން އަދި ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ވެންޑައިކް އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރެކެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޗެމްޕިއަންސް ލީގުގެ ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ. ކޯމަން ބުނީ އެންމެ މުހިންމު ކަމަކީ ޑިފެންޑަރުންގެ އަތުގައި ބޯޅަ ބޭއްވުން ކަމަށާއި މެޗުގެ ކޮންޓްރޯލް ޑިފެންޑަރުން ހޯދަންޖެހޭ ކަމަށް ކޫމަން ބުނިއެވެ.
ޕޯޗުގަލްގެ މެޗުތައް އޭނާ ބެލިކަމަށާއި އެއީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މޮޅު ޓީމެކެވެ. އަދި ރޮނާލްޑޯއާ ދެކޮޅަށް އަބަދަކު ޑިފެންސެއް ނުކުރެވޭނެކަމަށާއި، އެކަން ކާމިޔާބު ކުރަން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގެންގުޅެން ޖެހޭނެކަމަށެވެ.