ވިޔަފާރި

ޒުވާނުން ދަނޑުވެރިކަމަށް ޝައުގުވެރި ކުރުވުމަށް ޕްރޮގްރާމްތަކެއް


ދަނޑުވެރިކަމުގެ ސިނާއަތަކީ ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހަދާ ދަނޑުވެރިޔާއަށް ހައްގު އަގު ލިއްބައިދިނުމަށްޓަކައި އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ޅ. ކުރެންދޫގައި ފަށައިފިއެވެ.އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ކުރެންދޫގައި ދަނޑުވެރިކަމުގެ މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމް ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެކަމަށެވެ. އަދި މި ޕްރޮގްރާމްގައިވެސް ގޯތި ތެރޭގައި ގަސް އިންދައިގެން އޭގެން ނަފާ ހޯދޭނެ ގޮތްތައް ދަސްކޮށްދެވޭނެކަމަށާއި ފެނުގައި ގަސް އިންދާ ހައްދާނެ ގޮތްތަކުގެ ތަމްރީންވެސް ދެވޭނެކަމަށެވެ.މި ތަމްރީންތަކުގައި ނަވާވީސް ފަރާތަކުން ބައިވެރިވާކަމަށް އެމިނިސްޓްރީން ބުނެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ގޯތިތެރޭގައި ނުވަތަ ކުދި ބިންކޮޅުތަކުގައި ގަސްއިންދައިގެން އޭގެން ނަފާ ހޯދުމަށާއި ރައްޔިތުންނަށް ރަގަޅު ކާނާގެ ޔަގީންކަން އިތުރުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.