އިއްޔެ ނޭޕާލަށް އައި ބިންހެލުމާއި ގުޅިގެން އުރީދޫއިން އެޤައުމަށް ހިލޭ ގުޅޭނެގޮތް ހަދައިފިއެވެ.އުރީދޫން މައުލޫމާތުދޭގޮތުގައި އެ ހަދިސާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫއިން ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަދު މެންދުރު ބާރައިން އިން ފެށިގެން ކުރިއަށްއޮތް ތިން ދުވަހު ނޭޕާލަށް ހިލޭ ގުޅޭނެގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.އުރީދޫއަކީ ޖީއެސްއެމްއޭގެ ހިއުމަނަޓޭރިއަން ކެނެކްޓިވިޓީ ޗާޓަރގައިވެސް ހިމެނޭ ކުންފުންޏެކެވެ. މި ޗާޓަރ މެދުވެރިކޮށް މޯބައިލް އޮޕަރޭޓަރުން އިންސާނިއްޔަތަށް މަސައްކަތްކުރުމުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލުކުރަން އެއްބަސްވެ އެކުގައި އަމަލުކުރާނެ، މީގެ މަގްސަދަކީ އިތުރަށް ގުޅިގެން ގުދުރަތީ ކާރިސާތަކުގައި މަސައްކަތްކުރުމެވެ.