ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު
ނާޒިމް އެގާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ކުރި ހުކުމް
އިސްތިއުނާފްކުރުމުން އެ މައްސަލަ ކުރިމިނަލްކޯޓުން ހައިކޯޓަށް ފޮނުވައިފިއެވެ.
ކުރިމިނަލްކޯޓުން ބުނީ ނާޒިމް
މައްސަލައިގެ އިސްތިއުނާފް ލިޔުންތައްތަކާއި މައްސަލައާއި ގުޅޭ ލިޔުންތަކާއި އެކު
އެ މައްސަލަ ހައިކޯޓަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.
ނާޒިމްގެ މައްޗަށްކޮށްފައިވާ ހުކުމް
އިސްތިއުނާފްކުރުމަށް ނާޒިމްގެ ގާނޫނީ ޓީމުން ކޯޓަށް ހުށައަޅާފައިވަނީ އެކަމަށް
އޮތްވަގުތު ހަމަވާން ދެތިން މިނެޓަށްވެފައިވަނިކޮށް މި މަހުގެ ބާރަ
ވަނަދުވަހުއެވެ. ނާޒިމްގެ ގާނޫނީ ޓީމުން ބުނީ އިސްތިއުނާފްކުރުން ލަސްވީ
މައްސަލައިގެ ތަފްސީލް ރިޕޯރޓް
ނުލިބިގެންކަމަށާއި ހުލާސާ ރިޕޯރޓްގެ މައްޗަށް ބިނާކޮށް އިސްތިއުނާފަށް
ހުށައެޅިއިރުވެސް ތަފްސީލް ރިޕޯރޓް ލިބުފައިނުވާކަމަށެވެ.
ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާ ނުރައްކާތެރި ހަތިޔާރު
ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެ އެ ކުށުގެ އަދަބެއްގެ ގޮތުން އެގާރަ
އަހަރަށް ނާޒިމް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފައިވަނީ މާރޗް މަހުގެ
ސައްބީސްވަނަދުވަހުއެވެ.