ތިލަފުށީގައި މިއަދު ހިގައިދިޔަ ދެހާދިސާއެއްގައި ދިވެހިއްސަކާއި ބިދޭސީއަކު މަރުވެއްޖެއެވެ.
މަރުވި ދިވެހި މީހަކީ ށ ފޯކައިދޫ ދަންމަރު އަލީ ޒާހިރުއެވެ.
އެނާ މަރުވީ ތިލަފުށީގައި މަގެއްގައި ދުއްވާފައިދަނިކޮށް ސައިކަލް ކޮންޓްރޯލް ނުވެ، ސައިކަލާއެކު މޫދަށްވެށްޓި ބޮލަށް ލިބުނު ހާނިއްކަތަކަކާއި ގުޅިގެންކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވެއެވެ.
މިހާދިސާ ހިގާފައިވަނީ މިއަދު މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ.
މެންދުރު ބާރަޖަހާ އެހާކަށްހާއިރު ތިލަފުށީގައި ހިނގި ދެވަނަ ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ. އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރަކާ ފޯކް ލިފްޓަކާ ދެމެދު ތާށިވެގެންކަމަށް ފުލުހުންބުނެއެވެ.
ތިލަފުށީގައި މިއަދު ހިނގި މި ދެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރުދަނީ ތަޙުޤީޤު ކުރަމުންނެވެ.