ތިލަފުށީގައި ވެލިގަނޑަށް ގަނބައިގެންފައިވާ ފޯކްލިފްޓެއް، އެކްސްކަވޭޓަރެއްގެ އެހީގައި ނަގަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި މިއަދު ބިދޭސީއަކު މަރުވެއްޖެއެވެ.
ތިލަފުށީ ތިން ނަންބަރު ރަށުގައި ހިނގި މި
އެކްސިޓެންޑާއި ގުޅިގެން އެކްސްކަވޭޓަރ އޮޕަރޭޓް ކުރަން އިން ދިވެހި މީހާ ހޭ
ނެތުމާއި ގުޅިގެން އޭނާ އަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މިއަދު
ތިލަފުށީގައި ހިގި މިއެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.