ކޮންމެ އަހަރެއްގެ ރަމަޟާންމަހަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ޑިމާންޑް އާދަޔާ ޙިލާފަށް އިތުރުވާ މަހެކެވެ. އަދި ހަމަ އެހެންމެ ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުވެސް ބޮޑުވެގެންދާ މަހެއްގެ ގޮތުގައި ރަމަޟާންމަސް ފާހަގަވެއެވެ.
ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ، އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތައް ހެޔޮއަގުގައި އާއްމުނަށް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަން ކަށަވަރު ކުރުމަށް އެސްޓީއޯއިން ރަމަޟާންމަހަށް ޙާއްސަ ސްޓޮކްތައް ބާޒާރަށްނެރެއެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކުވެސް ފިޔާ، ބިސް، އަލުވީގެ ޙާއްސަ ސްޓޮކް ގެނެސް އެސްޓީއޯއިން ވިއްކާކަމެވެ. މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށްވެސް އެސްޓީއޯއިން ވަނީ ފިޔާ، ބިސް، އަލުވި ގެނެސް އަގުހެޔޮކޮށް ވިއްކަންފަށާފައެވެ.
ރަމަޟާންމަހަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް، އަލުވީގެ ޙާއްސަ ސްޓޮކް މިދިޔަ މަހުގެ ތެރޭގައި ވަނީ ވިއްކަން ފަށާފައެވެ. އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 7 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 8:50ރ ވިއްކާއިރު ބިހެއް 1.50ރ ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މިދިޔަ އަހަރު ފިޔާ ކިލޯއެއްގެ އަގު އުޅުނީ 8 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 9ރ އަށް ވިއްކިއިރު ބިހެއް ވިއްކާފައިވަނީ 1.30ރ އަށެވެ.
އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަނީ 140 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 180 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް 270 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
މިދިޔަ އަހަރު ފިޔާބަސްތާއެއް ހުރީ 170ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް އަދި ބިސް ކޭހެއް 200 ރުފިޔާއަށެވެ. މީގެ އިތުރުން ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް މުދާ ނަގާ ފަރާތްތަކަށް 25 ކޭހައްވުރެ އިތުރަށް ނަގާނަމަ ފިޔާ ބަސްތާއެއް 130 ރުފިޔާއަށް، އަލުވި ބަސްތާއެއް 170 ރުފިޔާއަށް އަދި ބިސް ކޭހެއް 260 ރުފިޔާއަށް ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. އެސްޓީއޯއިން ބުނީ މިތަކެތި ހުސްނުވެ މުޅި ރޯދަމަހަށް ހެޔޮ އަގުގައި އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށެވެ.
އެސްޓީއޯއިން ބުނީ ގިނަ ކަސްޓަމަރުންގެ އެދުމުގެމަތިން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ވިއްކުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާނެކަމަށެވެ. އެގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިތަކެތި ވިއްކާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ރަމަޟާން މަހަށް ޢާއްމުނަށް ފަސޭހަކަމާއެކު ފިޔާ ބިސް އަދި އަލުވި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހުންނަ އެ ކުންފުނީގެ ގުދަނުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އާ ހަމައަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެކުންފުނިން ބުނެއެވެ.
- ފިޔާ ކިލޯއެއް 7 ރުފިޔާ
- އަލުވި ކިލޯއެއް 8:50 ލާރި
- ބިހެއް 1.50 ލާރި

- ފިޔާ ބަސްތާއެއް 140 ރުފިޔާ
- އަލުވި ބަސްތާއެއް 180 ރުފިޔާ
- ބިސް ކޭހެއް 270 ރުފިޔާ
މިދިޔަ އަހަރު ފިޔާބަސްތާއެއް ހުރީ 170 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 200 ރުފިޔާއަށް އަދި ބިސް ކޭހެއް 200 ރުފިޔާއަށެވެ. މީގެ އިތުރުން ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް މުދާ ނަގާ ފަރާތްތަކަށް 25 ކޭހަށްވުރެ އިތުރަށް ނަގާނަމަ ފިޔާ ބަސްތާއެއް 130 ރުފިޔާއަށް، އަލުވި ބަސްތާއެއް 170 ރުފިޔާއަށް އަދި ބިސް ކޭހެއް 260 ރުފިޔާއަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ މިތަކެތި ހުސްނުވެ މުޅި ރޯދަމަހަށް ހެޔޮ އަގުގައި އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށެވެ.