ޚަބަރު

މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑެމީގެ ޕާޓްނަރަކަށް ޖަލްބޫތް ހަމަޖައްސައިފި


މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑެމީގެ ޕާޓްނަރަކަށް ޖަލްބޫތް ހަމަޖައްސައިފިއެވެ. ސޮކަރ މޭޓްސް އެކަޑެމީގެ ޕާޓްނަރަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަބޫދާބީގެ ކުންފުނި ހަމަޖެއްސީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުހައި ސޮކަރ މޭޓްސް އެކަޑެމީގެ ފަރާތުން ސޮއެ ކުރެއްވީ އެކަޑެމީގެ ރައީސް ހަސަން މަނިކުއެވެ. އަދި ޖަލްބޫތްގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ޝެއިޚް ރޮއެސްތާލީއެވެ. ސޮއެކުރެއްވުމަށްފަހު އެކަޑެމީގެ ރައީސް ހަސަން މަނިކު ވަނީ ޖަލްބޫތް ކުންފުންޏަކީ ރާއްޖޭގެ މުޖުތަމައަށް ގިނަ އެހީތަކެއް ވަމުންދާ ބައެއް ކަން ފާހަގަކޮށް އެކަމަށް އެކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ކުންފުންޏަށް މާބޮޑު ފައިދާއެއް ނެތި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ މަގުސަދުގައި ވެދެއްވާ އެހީއެއް ކަން ފާހަގަކޮށް ހަސަން މަނިކް ވަނީ އެކަމަށްވެސް ޝުކުރު އަދާ ކޮށްފަ. ކުރިއަށް އޮތްތާގައި ސޮކަރ މޭޓްސްގެ ހަރަކާތްތަކުން ޖަލްބޫތް ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޖަލްބޫތް ކުންފުނީގެ ސީނިއަރ އޮޕެރޭޝަންސް މެނޭޖަރ ޝަމީމް މުހައްމަދު ވިދާޅުވީ ސޮކަރ މޭޓްސް ސްޕޮންސަރ ކުރަން ނިންމީ އެ ކްލަބަކީ ވަރަށް ރޭވުންތެރިކަމާއެކު ރަނގަޅަށް ހިންގާ ކްލަބަކަށް ވާތީ ކަމަށް. އަދި މުސްތަގުބަލުގައި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.