މިއަހަރުގެ މިހާތަނަށް ކުޑަކުދިން ހިމެނޭގޮތަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ބޮޑު ހަތަރު މައްސަލައެއް ތަހުޤީޤް ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާ ޑިވިޝަނަލް އޮޕަރޭޝަނަލް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، މީގެތެރެއިން އެއް މައްސަލައެއްގައި ތޭރަ ކުދިން ހިމެނޭއިރު އަނެއް މައްސަލައިގައި 10 ކުދިން އަދި އަނެއް މައްސަލައިގައި އަށް ކުދިން ހިމެނޭކަމަށެވެ. އަދި މި މައްސަލަ ތަކުގައި ގިނައިން ހިމެނެނީ ސާދައަހަރާއި އަށާރަ އަހަރާ ދެމެދުގެ ކުދިންކަމަށާއި އަށާއަ އަހަރުން މަތީގެ މީހުންވެސް މިމައްސަލަތަކުގައި ހިމެނޭކަމަށް ރިޔާޒް ވިދާޅުވިއެވެ.ރިޔާޒް ވިދާޅުވީ މައިގަނޑު ގޮތެއްގައި މިކަން ހިންގާފައިވަނީ ސޯސަލް މީޑިޔާ މެދުވެރިކޮށް ކަމަށާއި އެހެންކަމުން ބެލެނިވެރިން މިކަމަށް އިތުރަށް ހޭލުންތެރިވެ ސަމާލުވާން ޖެހޭކަމަށެވެ.މިކަންކުރަމުންދާ މީހާ ސޯޝަލްމީޑިއާގައި ކުދިން މިކަމުގެތެރެއަށް ވަނުމަށް ހިއްވަރުލިބޭފަދަ އެކިއެކި އަމަލުތައް ހިންގާ ކުދިންނަށް ފޮޓޯފަދަތަކެތި ފޮނުވައި މަސައްކަތްކޮށްފައިހުންނަކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.ރިޔާޒު ވިދާޅުވީ މިކަމަށް ބެލެނިވެރިންނާއި ސްކޫލްތަކުންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހިފައިވާކަމަށެވެ.މިމައްސަލަތަކާއި ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި މިމައްސަލަތައް މިހާރު ތަހުގީގް ކުރަމުންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.