ޚަބަރު

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ރާއްޖެ ދެ ވަނަ ބުރުން ފަށަން ޖެހިއްޖެ



ގަތަރުގައި 2022ގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ރާއްޖެ ދެ ވަނަ ބުރުން ފަށަން ޖެހިއްޖެއެވެ.

މުބާރާތުގެ އޭޝިޔާ ބައްރުގެ ކޮލިފައިންގެ ދެ ވަނަ ބުރުން ރާއްޖެ ފަށާގޮތަށް ހަމަޖެހުނީ އޭޝިޔާގެ ގަދަ 34 ގައުމުގެ ތެރޭގައި ރާއްޖެ ފީފާ ރޭންކިންގައި ހިމެނޭތީއެވެ.

މިއީ ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ވެސް ފޯމެޓެވެ. ކޮލިފައިންގައި ރާއްޖެއާއި ވާދަކުރާނެ ގައުމުތައް އެނގޭނީ މާދަމާނޫން އަނެއް ދުވަހުއެވެ.

1997 ވަނަ އަހަރުން ފެށިގެން ރާއްޖެ ކޮލިފައިންގައި ވާދަކުރަމުން އަންނައިރު މިހާތަނަށް ކޮންމެ ފަހަރަކު ވެސް ކަޓާފައިވަނީ ފުރަތަމަ މަރުހަލާއިންނެވެ. އޭޝިޔާގެ އެންމެ ދަށް ފަންތީގެ ޓީމުތަކަށް ކޮލިފައިންގައި އެއްބަޔަކު އަނެއް ބަޔަކާ ޕްރިލިމިނަރީ ބުރެއް ކުޅެން ފުރުސަތު ދީފައިވަނީ އެއް ފެންވަރެއްގެ ޓީމުތަކަށް ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.