ޚަބަރު

އަންނަ ސީޒަނުގައި ޔުނައިޓެޑުގައި ތިބެވޭނީ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިންނަށް - ސޮލްޝެއާ



އަންނަ ސީޒަނުގައި މެންޗެސްޓާރ ޔުނައިޓެޑުގައި ތިބެވޭނީ ބުރަކޮށް މަސައްކަތް ކުރާ އަދި ފިޓް ކުޅުންތެރިންނަށް ކަމަށް ކޯޗު އޮލެ ގަނާ ސޮލްޝަޔާ ބުނެފިއެވެ.

އޭނާ މިހެން ބުނީ އަންނަ ސީޒަނުގައި ޕްރެމިއާ ލީގު ތަށި ހޯދުމަށް ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރެވޭ ވަރުގެ ޓީމެއް ހަދާނެ ކަމަށް ބުނަމުންނެވެ.

ކޯޗް ބުނީ މިވަގުތު ސިޓީ އާއި ލިވަޕޫލް އޮތީ މެންޗެސްޓަރއަށް އަތްލެވޭވަރަށްވުރެ މާދުރުގަކަމަށާއި ޔުނައިޓެޑްއިން ސީރިއަސްކޮށް ތައްޓަށް ވާދަކުރަން ޓީމު ތައްޔާރުކުރަންޖެހޭކަމަށެވެ. ޔުނައިޓަޑްގެ ޓީމުން ޖާގަ ލިބޭނީ ފިޓްކޮށް ތިބޭ އަދި ކުލަބުގެ ސަގާފަތާއެއްގޮތަށް މަސައްކަތް ކުރާ ކުޅުންތެރިންނަށްކަމަށް ކޯޗް އޮލޭގަނާ ސޮލިޝަޔާ ބުންޏެވެ.

އަންނަ ސީޒަނުގައި ކުޅުންތެރިން ގަތުމަށް ޔުނައިޓެޑުން ވަނީ 200 މިލިއަން ޕައުންޑް ކަނޑައަޅާފައެވެ. ނަމަވެސް މިހާރު ވެސް ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލަން ނިންމާފައެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވުނީ 10 އަހަރު ޓީމަށް ކުޅުނު އެންޓޯނިއޯ ވެލެންސިއާގެ ކޮންޓްރެކްޓް އުވާލުމެވެ.

ސްޕޭނުގެ ދެ ކުޅުންތެރިން ކަމަށްވާ އެންޑާ ހެރޭރާގެ ކޮންޓްރެކްޓް އާކޮށްފައިނުވާއިރު ފްރީ ކޮށް އޭނާ ގުޅޭނެ ކަމަށް ބެލެވެނީ ފްރާންސްގެ ޕީއެސްޖީއަށެވެ. އަދި ހުއާން މާޓާ ވެސް ދޫކޮށްލުމަށް ދަނީ މަޝްވަރާކުރަމުންނެވެ. އަދި އެރިކް ބައިލީ އާއި އެލެކްސިސް ސަންޗޭޒް ފަދަ ކުޅުންތެރިންނަށް ވެސް އަންނަ ސީޒަނުގެ ޓީމުން ޖާގަ ނުލިބޭނެ ކަމަށް އިނގިރޭސި މީޑިޔާތަކުން ޔަގީންކުރެއެވެ.