މިދިޔަ އަހަރުގެ މަރޗް މަހާ އަޅާ ބަލާއިރު މި އަހަރުގެ މަރޗް މަހުގެތެރޭގައި ލަންކާއަށް ދިވެހިން ދަތުރުކުރި މިންވަރު ދިހައެއް އިންސައްތަ އިތުރުވެއްޖެއެވެ.ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި މަރޗް މަހުގެ ތެރޭގައި ހަތްހާސް ހަތަރުސަތޭކަ ނަވާރަ ދިވެހިން އެގައުމަށް ދަތުރުކޮށްފައިވާއިރު މިދިޔަ އަހަރުގެ އެމުއްދަތުގައި އެގައުމަށް ދަތުރުކޮށްފައިވަނީ އަށްހާސް އެއްސަތޭކަ އަށްޑިހަ ދިވެހިންނެވެ.މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ދިވެހިންގެ އަދަދު ދަށްވެފައިވުމުން ދެހާސް ސާދަވަނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ދިވެހިންގެ އަދަދުވަނީ އެކެއް ޕޮއިންޓް އަށެއް އިންސައްތަ ދަށްވެފައެވެ.ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމަކީ ސްރީލަންކާ ކަމަށްވާއިރު މިދިޔަ އަހަރު ނިމުނު އިރު އެގައުމަށް ރާއްޖެއިން އަށްޑިހަ ހަ ހާސް ތިންސަތޭކަ ފަންސާސް ނުވަ މީހުން ވަނީ ދަތުރުކޮށްފައެވެ.