މިރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ވަގުތީ ނަތީޖާ ޢިއުލާންކުރަން ފެށޭނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ނަމަވެސް ވަގުތީ ނަތީޖާ އިޢުލާންކުރާނީ މިރޭގެ ކޮން ވަގުތެއްގައިކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. މިފަހަރުގެ އިލެކްޝަންގައި ވަކިވަކި ވޯޓު ފޮށިތަކުން ލިބުނު ނަތީޖާ އިއުލާނުކުރުމުގެ ބަދަލުގައި އިލެކްޝަންސް އިން އާއްމުކުރާނީ ދާއިރާތަކުގައި ލިބުނު ޖުމްލަ ވޯޓުގެ ނަތީޖާއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޙާބު ނިމިފައިވާއިރު އަންނަ ހުކުރު ދުވަހުގެ ކުރިން ދާއިމީ ނަތީޖާ އިއުލާނުކުރަން މަަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިޚާބުގައި ދެ ލައްކަ ބާރަހާސް ހަތްދިހަ ނުވަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. މިއިންތިޚާބު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.