މެންޗެސްޓާ ޔުނައިޓެޑަށް ޓެކްނިކަލް ޑައިރެކްޓަރެއް ބޭނުންވާކަމަށް ކޯޗު އޮލެ ގަނަ ޝޮލްޝަޔާ ބުނެފިއެވެ.
މިއީ އެންމެ ފަހުން ހުރި ކޯޗު ހޯސޭ މޮރީނިއޯ މަގާމާ ހަވާލުވާން ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އުވާލައި ޔުނައިޓެޑްގެ ހައިރާކީ ބަދަލުކުރި ފަހުން ކުލަބުގެ ހިންގުމަށް ބަދަލު ގެންނަ ފުރަތަމަ ފަހަރެވެ.
ސޮލްޝަޔާ ބުނީ ޔުނައިޓެޑް ކުރިއަށް ގެންދިއުމަށް އިތުރު ބަޔަކާއެކު އޭނާގެ ހިޔާލުތައް ހިއްސާ ކުރަން ތައްޔާރުކަމަށެވެ. އަދި އެއީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ވެސް ކަންތައްތައް ކުރި އުސޫލު ކަމަށެވެ.
ކޯޗް ޝޮލްޝަޔާ ބުނީ އޭނާގެ އެދުރަކީ ފާގަސަންކަމަށެވެ. ހިނގަން ބޭނުންވަނީ ފާގަސަން ހިނގި މަގުންކަމަށާއި އެހެން މީހުންނާ ކަންތައްތައް ހިއްސާކޮށްގެން ކުރިއަށްދާން ޖެހޭކަމަށްވެސް ޝޮލިޝަޔާ ބުންޏެވެ. ކުލަބު ކުރިއަށް ގެންދަން ބަލާއިރު ކޯޗު އެކަނި ހުރިހާ ކަމަކަށް ވިސްނުން ގެންގުޅުމަކީ އެންމެ ރަނގަޅު ގޮތެއްވެސް ނޫންކަމަށާއި، އަދި މާގިނަ ކަންކަމާ ވިސްނަން ޖެހިއްޖެނަމަ އެއްވެސް ކަމެއް ރަނގަޅަށް ކުރަން ރަގަނޅަށް ނުކުރެވޭނެކަމަށްވެސް މިދިޔަ ޑިސެމްބަރު މަހު ވަގުތީ ގޮތުން ޓީމާ ހަވާލުވެ، މިދިޔަ މަހު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ކޯޗު ބުންޏެވެ.
ޔުނައިޓެޑުން ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު މޮރީނިއޯގެ ދުވަސްވަރު އުވާލީ ޓްރާންސްފާގެ ބާރުތައް މޮރީނިއޯ އެއްކޮށް ބޭނުންވުމުންނެވެ. ނަމަވެސް ކޯޗުކަމުން އޭނާ ވަކިކުރިއިރު ޖެހުނު މައިގަނޑު އެއްމައްސަލައަކީ ގިނަ ބައެއްގެ އަތްމަތީގައި ބާރުތައް އޮވެ ކަންކަން ނިންމަން އުނދަގޫވުން ކަމަށް މޮރީނިއޯ ބުންޏެވެ.