ޚަބަރު

ރޮނާލްޑޯއަށް އަނިޔާވި މެޗްގައި ސާރބިއާއިން ޕޯޗުގަލް ހިފަހައްޓައިފި


ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވި މެޗުން ސާބިއާ އަތުން ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް އަށް މޮޅެނުވެވި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލިޒްބަންގައި ކުޅުނު މެޗު ނިމުނީ ފަހަތުން އަރައި 1-1 ޕޯޗުގަލް އެއްވަރުކޮށްގެން. މެޗުގެ ހަތް ވަނަ ލިބުނު ޕެނަލްޓީ އަކުން ޓަޑިކް ސާބިއާ އަށް ހޯދައިން ލީޑް ހަމަހަމަކޮށްދިނީ 42 ވަނަ މިނިޓްގައި ޕޯޗުގަލްގެ ޑެނީލޯއެވެ.

ރޮނާލްޑޯ އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނީ މެޗުގެ 31 ވަނަ މިނިޓްގައެވެ. އެއީ އުމުރުން މިހާރު 34 އަހަރުގެ ކުޅުންތެރިޔާ ބޯޅަ އަށް ދުވަނިކޮށެވެ. މި އަނިޔާގެ ތަފްސީލު ލިބިފައިނުވާއިރު ޕޯޗުގަލް އާއި ރޮނާލްޑޯގެ ކްލަބު ޔުވެންޓަސްއިން އަދި ވަކިއެއްޗެއް ނުބުނެއެވެ.

މި މެޗަކީ މިދިޔަ އަހަރުގެ ވޯލްޑްކަޕަށް ފަހު ރޮނާލްޑޯ ގައުމީ ޓީމަށް ކުޅެދިން ދެ ވަނަ މެޗެވެ. އޭނާ އަށް އަނިޔާވިއިރު ޔުވެންޓަސް އޮތީ 15 ޕޮއިންޓްގެ ލީޑަކާއެކު އިޓާލިއަން ލީގުގެ ކުރީގައެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައެވެ. ހަ ވަނަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަން މަސައްކަތް ކުރާ ރޮނާލްޑޯގެ އެންމެ ބޮޑު އަމާޒަކީ ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމެވެ.