ޚަބަރު

ޔޫރޯ ކޮލިފައިންގައި ނެދަލޭންޑްސް އަތުން ޖަރުމަނު ބަދަލު ހިފައިފި



ޔޫރޯ ކޮލިފައިންގައި ނެދަލޭންޑްސް 3-2އިން ބަލިކޮށް ޖަރުމަނުން ބަދަލު ހިފައިފިއެވެ.

މިއީ ނޭޝަންސް ލީގުގައި ޖަރުމަނު ކަޓުވާލުމަށްފަހު މިދިޔަ ނޮވެމްބަރު މަހު ނެދަލޭންޑްސް ސެމީ އަށް ދިޔަ މެޗަށް ފަހު މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ލެރޯއީ ސާނޭ އާއި ނަބްރީގެ ގޯލުން ޖަރުމަނު ކުރި ހޯދި ނަމަވެސް މަތިއަސް ޑިލައިޓާއި މެމްފިސް ޑިޕާއީ ނެދަލޭންޑްސް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނު މެޗުން މޮޅުކޮށްދިނީ ފަހު މިނިޓްގައި ޝޫލްޒް ޖެހި ގޯލުންނެވެ. މިއީ ކޯޗު ޖޯހިމް ލޯ ސީނިއާ ކުޅުންތެރިންތަކެއް ބާކީކޮށް ޒުވާން ކުޅުންތެރިންނާއެކު ޖަރުމަނު ޓީމު އެކުލަވާލައިގެން ހޯދި ފުރަތަމަ މޮޅުވެސްމެއެވެ.

އޭނާގެ ޓީމުން ޖާގަ ނުދޭން ނިންމާފައިވާ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިންނެވެ. އެއީ ބަޔާން މިއުނިކްގެ ތޯމަސް މުލާ އާއި ޖެރޯމް ބޯޓެން އަދި މެސުޓް ހުމެލްސް އާއި އާސެނަލްގެ މެސުޓް އޮޒިލްއެވެ. މިއީ ނޭޝަންސް ލީގާއި މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކެޓުމުގެ ސަބަބުން ގެނައި ބަދަލުތަކެކެވެ.