ޚަބަރު

ލިންކުރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


އައްޑޫ ސިޓީ ހިތަދޫ އައިސް ޑިލައިޓް ފިހާރަ ކައިރީ މިއަދު އިރުއޮއްސުނުއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަަސް ޒަޚަމްތަކެއް ވެއްޖެއެވެ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ފަަރުވާ ދެމުންދާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެގެން މާލެ ފޮނުވާލުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.އެ ދެމީހުންގެ ބޮލަށް ވަރަށް ބޮޑު ޒަޚަމްތަކެެއް ލިބިފައިވާ ކަމަށާއި، އެތަނުން އެކަކު އޮތީ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ހޭނެތިފައި ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިއެވެ.މި އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ އަންހެނެއްގެ އިތުރުން ދެ ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.