ޚަބަރު

އިންޑިޔާގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން


އިންޑިޔާގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ކަމަށް ކޯޗު ރޮކީ ބުނެފިއެވެ.

އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަން ޓީމުން ބުނީ މިއަދު ނޭޕާލުގައި ފަށާ ސާކް ސަރަހައްދުގެ އަންހެން ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ އަންނަ މަހު ފަށާ އޮލިމްޕިކް ކޮލިފައިންގެ ކުރިން ޓީމަށް އިތުބާރު ހޯދައިދިނުމަށް ކަމަށެވެ.

މުބާރާތުގައި އިންޑިޔާއާއެކު ގްރޫޕް ބީގައި ހިމެނެނީ ރާއްޖެ އާއި ސްރީލަންކާއެވެ. ފުރަތަމަ މެޗުގައި ބުދަ ދުވަހު އިންޑިޔާ ނުކުންނާނީ ރާއްޖެއާ ދެކޮޅަށްެވެ.
މި މުބާރާތުގައި ފާއިތުވެދިޔަ ހަތަރު މުބާރާތުގައި އިންޑިޔާ ކުޅުނު 19 މެޗުން ވެސް ވަނީ މޮޅުވެފައެވެ. މިހެންވެ ކޯޗު ރޮކާ ބުނީ ބަލިނުވެ ކުރިއަށް ދިއުން ވަރަށް މުހިންމު ކަމަށާއި ރާއްޖެ އާއި ލަންކާ އަކީ ކުރިއަރަމުން އަންނަ ދެ ގައުމު ކަމުން ވަރަށް ވިސްނުންތެރިކަމާއެކު އޭނާގެ ޓީމު ތައްޔާރުވާނެ ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި އިންޑިޔާއާއި އެންމެ ގާތުން ތައްޓަށް ވާދަކުރާނެކަމަށް ބެލެވެނީ ނޭޕާލެވެ.