ކުޅިވަރު

ރިޔާދް މަހްރޭޒަށް ކުޅުމުގެ ފުރުސަތު ނުދެވޭތީވެ ހިތާމަ ކުރަން - ގާޑިއޯލާ


މެންޗެސްޓާ ސިޓީގެ ފޯވަޑް ރިޔާދް މަހްރޭޒް ކުޅުމުގެ ފުރުސަތު ނުދެވޭތީވެ ހިތާމަ ކުރާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އަލްޖީރިއާގެ ފޯވަޑް ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކުޅެފައިވަނީ އެންމެ މެޗެވެ. މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ސިޓީގެ އެންމެ އަގުބޮޑު ފޯވަޑަށް ކުޅުމުގެ ފުރުސަތު ނުދެނީ އޭނާ ކަމަށެވެ.

ގާޑިއޯލާ ބުނީ މަހްރޭޒް އަކީ މޮޅު ކުޅުންތެރިއެއް އަދި ހުނަރުހުރި ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު އޭނާ އަށް ހައްގުވާ ވަރަށް ކުޅުމުގެ ފުރުސަތު ނުދެވެނީ ގާޑިއޯލާގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. ގާޑިއޯލާ ބުނީ މިވަގުތު ސިޓީގައި ޓީމުގައި ފަސް ފޯވަޑުން އެބަތިބިކަމަށާއި، އެންމެ ފަހުން ކުޅުނު މެޗުގައި ލެރޯއީ ސާނޭ ވެސް ނުކުޅޭ ކަމަށެވެ.

ޓީމުގެ ކުޅުންތެރިން މިވަގުތު ތިބި ފޯމަށް ބަލާއިރު ރަހީމް ސްޓާލިން އާއި ސާޖިއޯ އަގުއެރޯ އަދި ސިލްވާ ޓީމުން ބާކީކުރެވޭ ވަރަށްވުރެ ފޯމު ރަނގަޅު ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ ފުރުސަތު ނުލިބޭ ބައެއް ކުޅުންތެރިންތިބީ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށާއި ސިޓީގެ ވަރަށް ގިނަ ކުޅުންތެރިން ފޯމުގައި ތިބީތީވެ އޭނާ އުފާކުރާ ކަމަށެވެ. ސަބަބަކީ މިއީ ސީޒަނުގެ އެންމެ ބިޒީ އަދި އެންމެ އުނފަގޫ ވަގުތު ކަމަށްވާތީ ކަމަށެވެ