ރާއްޖޭގެ ކްރިކެޓު ކުޅުންތެރިންގެ ހުނަރު ބަލާލަން ކެތްމަދުވެފައިހުރިކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓު ކުޅުންތެރިޔާ ޔޫވްރާޖް ސިންގ ބުނެފިއެވެ.
އިންޑިޔާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ކްރިކެޓް ސީރީސްގައި ކުޅޭ އެއަރ އިންޑިޔާ ޓީމާއިއެކު ރާއްޖެ އައުމަށްފަހު ޔޫވްރާޖް ބުނީ ރާއްޖެއަކީ އަބަދުވެސް މުޅި ދުނިޔޭގައި މަގުބޫލު މަންޒިލެއްކަމަށާއި، މި ކުޑަ ކުޑަ ގައުމުގައިވެސް ކްރިކެޓަށް އޮތް ލޯބި ބަލާލަން ކެތްމަދުވެފައިހުރިކަމަށެއެވެ. އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ބަލާލައި އެ ކުޅުންތެރިންނާއިއެކު ކުޅެލަން ކެތްމަދުވެފައިހުރިކަމަށެއެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ނައިބްރައީސާއިއެކު ކްރިކެޓު ކުޅުމުގައި ވަގުތު ހޭދަކޮށްލަން ލިބުމަކީ ބޮޑު ޝަރަފެއްކަމަށް އިންޑިޔާގައި އުފެދުނު ޓީ20 ކްރިކެޓުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ބުނެފިއެވެ.