ޚަބަރު

ފާތިމަތު ޒަކަރިއްޔާ މަރާއި މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ


ހދ ނޭކުރަންދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ފާތިމަތު ޒަކަރިއްޔާ މަރާއި ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.ފާތިމަތު ޒަކަރިއްޔާގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ކ ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށެވެ.އެނާއާއި ދެކޮޅަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި މިއަދު ބޭއްވި ފަހު އަޑުއެހުމުގައި ހުލާސާ ބަޔާން ހުށައަޅަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީއަތުގެ މަޖްލީހުގައި ފާތުމަތު ޒަކަރިއްޔާ މަރާލިކަމަށް ދައުވާ ލިބޭ އަލީ ޝަހީމް އިންކާރްކުރި ނަމަވެސް މުއްދަތުގެ މަޖްލީހުގައި އޭނާ ކުށަށް އިއުތިރާފްވެ އެކަން ކުރިގޮތް ކިޔާދީފައިވާކަމަށެވެ. އަދި ފާތިމަތު ޒަކަރިއްޔާ މަރާލުމަށްފަހު އެނާގެ ގަހަނާތަކާއި ފޯން ވަގަށް ނަގައިގެން ގޮސް ކުޅުދުށްފުށީގައި އުޅޭ ބަޔަކަށް ވިއްކާލާފައިވާއިރު އެމީހުންގެ ގެ ހެކިބަސްވެސް  ލިބިފައިވާކަން ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ.މި މައްސަލއާއި ގުޅިގެން އެންމެފަހުން ބުނަން ބޭނުން އެއްޗެއް ބުނުމަށް ފަނޑިޔާރު ފުރުސަތު ދިނުމުން ވަކީލަކާއި ނުލާ މައްސަލަ ކުރިޔަށް ގެންދިޔަ އަލީ ޝަހީމް ބުނީ ދައުލަތުގެ ދައުވާއަށް އޭނާ އިންކާރްކުރާކަމަށާއި  އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށެވެ.ދެހާސް ބާރަވަނަ އަހަރުގެ ކުރީކޮޅު ފާތުމަތު ޒަކަރިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި އޮއްވައެވެ.އެނާ މަރާލާފއިވާކަން އެގުނީ ފަތުމަތު ޒަކަރިއްޔާ މަރުވެފައިވަނީ ގުދްތަރީ މަރަކުންކަމަށް ބެލެވިގެން ވަޅުލިވެސް ފަހުން އޭނާގެ ގަހަނާތައް ވަގަށް ނަގާފައިވާކަން ފުލުހުންގެ ތަހްގީގަށް އެގުމާއި ގުޅިގެން އެކަން ބަލަމުންދަނިކޮށެވެ.