ޚަބަރު

ބުރަވި މަގު ހުޅަނގުން އޮންނަ ހަނިގޯޅިވެސް ބަންދު ކުރަނީ


ދުއްވާ އެއްޗިއްސަށް ނުވަދެވޭނެ މަގުތަކުގެ ގޮތުގައި ހައުސިން މިނިސްޓްރީން މިހާތަނަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ލިސްޓުގައި ހެންވޭރު ބުރަވި މަގު ހުޅަނގުން އޮންނަ ހަނިގޯޅި ހިމަނައިފިއެވެ.ހައުސިން މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން މިއަދުން ފެށިގެން ހެންވޭރު ހީނާ ގޯޅި އާއި ރަތްވިލާގޯޅީގެ އިތުރުން ބުރަވި މަގު ހުޅަނގުން އޮންނަ ހަނިގޯޅިއަށް ދުއްވާ އެއްޗިއްސަށް ނުވެދެވޭނެއެވެ. އަދި އެ ސަރަޙައްދުތަކުގެ ގޭގޭގައި އުޅޭ މީހުން ގެންގުޅޭ ދެފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމަށް ޚާއްޞަ ޕާކިންގ ސަރަޙައްދެއްގެ ގޮތުގައި ޖަނަވަރީމަގާއި ބުރެވިމަގުގައި ވަކިސަރަޙައްދެއް ހަދާ ފާހަގަ ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.މާލޭގެ ހަތަރު ސަރަހައްދެއްގައި ހިމެނޭ ހަނި މަގުތަކާ ގޯޅި ތަކަކީ ހަމައެކަނި ފައިމަގުގައި އުޅޭ ސަރަހައްދުތަކަށް ހެދުމުގެ ޕައިލެޓް ޕްރޮޖެކް ފެށުމުގެ ގޮތުން މާދަމާ ބަންދުކުރާ މަގުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ހަދާ ޚާއްސަ ޕާކިން ޒޯންތަކަކީ، މިހާރު ހުރި ޕާކިން ޒޯންތަކުގެ އިތުރަށް ހަދާ ޒޯންތަކެއް ކަމަށްވެސް ހައުސިން މިނިސްޓްރީން ހާމަކުރައްވައެވެ.ފައިމަގުގައި އުޅޭގޮތަށް ކަނޑައަޅާ މަގުތަކުގައި ހުންނަ ގުދަންތަކާއި ފިހާރަތަކަށް މުދާ ގެންދިޔުމަށްވެސް އެ މަގުތަކަށް ވެހިކަލްތަކަށް ނުވަދެވޭނެ ކަމަށާއި ފައިމަގުގައި އުޅޭ މަގުތަކުގައި ބޯޑު ބެހެއްޓުމުގެ އިތުރަށް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތައް މަގު ބަންދުކުރާނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.