ޚަބަރު

ފޮރިންގ ސެކްރެޓަރީ ދެޤައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވައިފި


ކިއުބާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް ފޮރިންގ ސެކްރެޓަރީ ޢަބްދުލްގަފޫރު މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ.

ފޮރިންގ މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމގައި ދެބޭފުޅުން ވަނީ ދެޤައުމު ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޚާއްޞަގޮތެއަގއި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އިޓަލީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ރީޓާ ގިއުލިއާނާއާއިވެސް ފޮރިންގ ސެކްރެޓަރީ ވަނީ ބައްދަލުކުރައްވާ އިޓަލީއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.