ޚަބަރު

ހައިކޯޓްގެ ފަނޑިޔާރު ޔޫސުފް ހުސެއިން ރިޓަޔަރ ކުރައްވައިފި


ހައިކޯޓްގެ ފަނޑިޔާރު ޔޫސުފް ހުސެއިން ރިޓަޔަރ ކުރައްވައިފިއެވެ.ދެހާސް ދިހަވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެކާވީސްވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ޔޫސުފް ހުސެއިން މަގާމުން ރިޓަޔަރ ކުރެއްވީ އަމިއްލަ އެދިވަޑާއިގަތުމުގެ މަތިންކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.ފަނޑިޔާރު ޔޫސުފް ހުސެއިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އިންތިގާލީ ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމާއި އައިލާއާއި ބެހޭ ކޯޓްގެ އިސްގާޒީކަން ހިމެނެއެވެ.ޔޫސުފް ހުސެއިން ހައިކޯޓްގެ ފަނޑިޔާރުކަމުން މިއަދު ރިޓަޔަރ ކުރެއްވުމުން ނުވަ ފަނޑިޔާރުން ތިބޭ ކޯޓްގެ ބެންޗުގެ އަދަދު ވަނީ ހަތަކަށް ބަދަލްވެފައެވެ. މީގެކުރިން އެކޯޓްގެ އިސް ފަނޑިޔާރުކަން ކުރައްވަމުން އައި އަލީ ޝަރީފްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުން އެނާ ވަނީ  ޖުވައިނަލް ކޯޓަށް ބަދަލްކޮށްފައެވެ.ދާދި ފަހުން ކޯޓްތަކަށް ގެނައި އިސްލާހް ބުނާގޮތުން މާލޭ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައިކޯޓްގެ ދެ ގޮފި ގާއިމްކުރަންޖެހެއެވެ. މީގެއިން ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ތިބެންޖެހޭކަމަށްވެސް ގާނޫނުގައި ބުނެއެވެ.