ޚަބަރު

އެމްޕީއެލް އިން ރޭގަނޑުދޭ ހިދުމަތްތަކުން %30 ސާރޗާޖް ނަގަނީ


މޭލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލޭ ޓާރމިނަލް އިން ރޭގަނޑު ދެމުންދާ ހުރިހާ ޚިދުމަތަކުން ތިރީސް ޕަސެންޓްގެ ސާރޗާޖެއް ނެގުމަށް އެކުންފުނިން ނިންމާ އެކަން އިއުލާންކޮށްފިއެވެ.މާދަމާ އިން ފެށިގެން ރޭގަނޑު އެގާރަ ގަޑި ތިރީހުން ހެނދުނު ހަތްގަޑި ތިރީހަށް ދެމުންދާ ހުރިހާ ޚިދުމަތަކަށް ތިރީސް ޕަސެންޓްގެ ސަރޗާޖެއް ނެގުމަށް އިއުލާންކުރި ނަމަވެސް މިއީ މިހާރުވެސް މިކަން ކުރަމުން އަންނަގޮތް ކަމަށް އެޕްޕީއެލްގެ މީޑިއަރ އޮފިޝަލް ވިދާޅުވިއެވެ.އެހެން ނަމަވެސް މިހާރު އިއުލާންކުރީ ކުންފުނީގެ ބޯޑުން މި ގަޑީތަކުގައި ދެމުންދާ ޚިދުމަތަށް ތިރީސް ޕަސެންޓް ސާރޗާޖް ނެގުމަށް ނިންމުމުން އެކަން ރަސްމީކޮށް އެންގުމަށްކަމަށެވެ. ތީރީސް ޕަސެންޓްގެ ސާރޗާޖް މި ގަޑި ތަކުގައި ނަގަނީ އެއީ އާއްމުކޮށް މަސައްކަތް ކުރާ އަދި ރަސްމީގަޑި ނޫންކަމަށް ވާތީ ކަމަށްވެސް އެމްޕީއެލްއިން މައުލޫމާތުދެއެވެ.މާލޭ ކޮމާޝަލް ހާބަރުން މިހާރުވެސް ދަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެމުންނެވެ.