ޚަބަރު

އިންޑިޔާ ހައިކޮމިޝަނުން ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވަފައިފި


އިންޑިޔާގެ 66 ވަނަ ޖުމުހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަންގައި ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވަފައިފިއެވެ.އިންޑިއާގެ 66 ވަނަ ޖުމުހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރ ރަޖީވް ޝަހާރޭ ވިދާޅުވީ، ޖުމުހޫރީ ދުވަހާއި މިނިވަންދުވަސްފަދަ ދުވަސްތައް ފާހަގަކުރުންފަދަ ގައުމީ ކަންކަމުން މިހާރުގެ ޒުވާން ޖީލް އިބްރަތް ހާސިލްކުރަން ޖެހޭކަމަށެވެ.ޝަހާރޭގެ ވާހަކަފުޅުގައި، މިއަހަރަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ސިޔާސީ ގުޅުމަށާއި، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ އަހަރުކަމުން މި ދެމުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމުގެ މުހިންމު ކަމުގެ މައްޗައްވަނީ އަލިއަޅުއްވާފައެވެ.މިރަސްމިއްޔާތުގައި ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ޕްރަނާމް މުކަރުޖީ ދެއްވި ޚިތާބުވެސް އިއްވުނެވެ.